ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމަށް މިއަދު ބޭއްވި  ރަސްމިއްޔާތުގައި  ނާއިބު ރައީސް--
ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް--
ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮރަޕްޝަން ނައްތާލުން މުހިންމުކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުމުން ނާއިބު ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހިނގާ ކޮރަޕްޝަންގެ ސަބަބުން ހަމައެކަނި އޭގެ ނޭދެވޭ އަސަރުކުރަނީ އިގުތިސާދަށް އެކަނި ނޫން ކަމަށެވެ.

އަދި އޭގެ ސަބަނުން ރައްޔިތުންގެ ދިިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ފުރުސަތުތައް ވެސް ހަނިކޮށްދޭ ކަަމަށާއި އަދި ހަމަ އެހެންމެ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރީތި ނަން ވެސް ހަރާބުވެގެންދާ ކަމަށެވެ.

އެހެންކަމުން އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ނަޒާހާތްތެރިކަމާއި އުސޫލުތަކުގައި ދެމެހެއްޓުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާއަތަކަށާ އަދި ދުރު ރާސްތާއި ފަތުރުވެރިކަން ކުރިއަރައި ދިއުމުގެ އިތުރުން ރާއްޖެއަކީ ޕްރިމިއާ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދެފުށް ފެންނަގޮތަށް ކަންކަންކުރުމާއި ޒިންމާދާރުކަމާއެކު ކަންކަން ކުރުން މުހިންމު." ނާއިބު ރައީސް ވިދާޅުވި އެވެ.

މިއަދު ފެށި ފޯރަމަކީ ސައުދީއާ ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފެށި ފޯރަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން