ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން މިއަހަރުގެ މެޓް ގާލާގައި ބައިވެރިވެއްޖެއެވެ.
މިއީ ބޮލީވުޑްގެ އެކްޓަރަކު މެޓް ގާލާގެ ރެޑް ކާޕެޓުން ފެނިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
މިއަހަރުގެ މެޓް ގާލާގެ ތީމް އަކީ "ސުޕަފައިން: ޓެއިލަރިން ބްލެކް ސްޓައިލް" އެވެ. އަދި ޑްރެސް ކޯޑަކީ "ޓެއިލާރޑް ފޯ ޔޫ" އެވެ. މި އިވެންޓުގައި ޝާހުރުކް އަޅައިގެންހުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ސަބްޔާސާޗީ ޑިޒައިން ކޮށްފައިވާ ހެދުމެކެވެ.
މި އިވެންޓުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، ޝާހުރުކް ރިޕޯޓަރުންނާ މުހާތަބު ކުރި ގޮތް ގިނަ ބަޔަކަށް ވަނީ ކަމު ގޮސްފައެވެ. އަދި ޝާހުރުކް އަކީ ވަރަށް ހިތްތިރި ތަރި އެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ޝާހުރުކް މެޓް ގާލާއިން ފެނިގެން ދިޔުމަކީ އިންޑިއާއަށް ވަރަށް ފަހުރުވެރި ކަމެއް ކަމުގައި ރިޕޯޓުތަކުގައި ވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮލީވުޑަށް ލިބިފައިވާ މަގުބޫލުކަން އެނގިގެން ދާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު