އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ސޫރިޔާގެ ފިލްމު "ރެޓްރޯ" ގެ ނަމްބަރުތައް ދަށަށް ގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރެޓްރޯ ނެރެފަައިވަނީ މެއި 1 ގައެވެ. މި ފިލްމު އެޅުވުމާއެކު ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަނަމަވެސް، 6 ދުވަސްފަހުން ބޮކްސް އޮފީހުގެ ނަމްބަރުތައް ދަށަށް ދާން ފަށާފައިވާ ކަމަށް ޕިންކް ވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ފިލްމުގެ ލީޑުން ސޫރިޔާއާއެކު ފެނިގެންދިޔައީ ޕޫޖާ ހެޖު އެވެ. ފިލްމު ނެރުނު ދުވަހު އެކަނިވެސް މިއަށް ޓަމިލް ނާޑޫ އިން 14 ކަރޯރުގެ އާމްދަނީއެެއް ވަނީ ލިބިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމަށް އޮތް ތަރުހީބު ދަށްވާން ފަށާފައިވަނީ ފިލްމު ބަލާލަން ދިޔަ މީހުންގެ ތުންތުންމަތިން ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. އެގޮތުން ފިލްމު މާކެޓު ކޮށްފައިވާ ގޮތާއި، ފިލްމުގެ އަސްލު ސިފަޔާ ވަރަށް ތަފާތު ކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ.
މި ފިލްމު ޕްރޮމޯޓު ކޮށްފައިވަނީ ރޮމޭންޓިކު ތުރިލާ އެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއީ ރޮމޭންސް އަދި އެކްޝަން ހިމެނޭ ފިލްމަކަށް ވީއިރު، މީގައި ޖަޒުބާތުތައްވެސް ރަނގަޅަށް ގެނެސްދެވިފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު