އޮޕަރޭޝަން ސިންދޫރުއަށް ތަރުހީބު ދިން ބައެއް ތަރިން
އޮޕަރޭޝަން ސިންދޫރުއަށް ތަރުހީބު ދިން ބައެއް ތަރިން
އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަށް އިންޑިއާގެ ފިލްމީ ސިނާއަތުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިއްޖެއެވެ.

އޮޕަރޭޝަން ސިންދޫރަކީ ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އިއްޔެގެ ފަތިހުގެ ވަގުތެއްގައި ދިން ހަމަލާތަކެކެވެ. މި ހަމަލާތައް އަމާޒު ކޮށްފައިވަނީ ޕާކިސްތާނުގެ ބޯޑަރުގައި ތިބި 9 ޓެރަރިސްޓު ކޭމްޕަކަށެވެ.

މި އޮޕަރޭޝަނަށް އިންޑިއާގެ ފިލްމީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަލުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި މި އޮޮަރޭޝަނަށް ތާއީދު ކުރާ ކަމަށްބުނެ، އިންޑިއާގެ މަޝްހޫރު ތަރިން ވަނީ އަޑުއުފުލާފައެވެ. އޭގެ ތެރޭގައި ޗިރަންޖީވް، ރިތޭޝް ދޭޝްމުކް، ކާޖަލް އަގަރްވާލް، ނިމްރަތު ކޯރް، ތާޕްސީ ޕައްނޫ، އަނުޕަމް ޚޭރް، އަދި ޕަރޭޝް ރަވަލް ހިމެނެެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާއާ ދެކޮޅަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން އެޅި ފުރަތަމަ ފިޔަވަޅެވެ.

މި ފިޔަވަޅުގެ ސަބަބުން އިންޑިއާގައި ނަން މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އިންޑިއާގެ ސަލާމަތީ ބާރުގެ މި އޮޕަރޭޝަނާމެދު ފަހުރުވެރިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން