ކޫލީގެ ޕޯސްޓަރު
ކޫލީގެ ޕޯސްޓަރު
ސައުތުގެ މަޝްހޫރު ތަރި ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ކޫލީ" ގެ ޓީޒަރު ނެރެފިއެވެ.

ފިލްމު ނެރެން 100 ދުވަހަށް ވެފައިވަނިކޮށް ނެރުނު މި ކުޑަ ޓީޒަރުން ފިލްމުގެ ބައެއް ތަރިން ފެނިގެންދާއިރު، އެ އެންމެންވެސް ފެންނަނީ ފުރަގަސްފަރާތުންނެވެ. އެހެންނަމަވެސް، ރަޖްނީކާންތުގެ ސްޓައިލުގައި މި ފިލްމުން އޭނާ ފެންނާނެ ކަން ޓީޒަރު ބަލާލުމުން އެނގެއެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ ލޯކޭޝް ކަނާގަރާޖް އެވެ. އަދި މި ފިލްމަކީ ބޮޑު ކާސްޓަކާ އެކު އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަޖްނީކާންތުގެ އިތުރުން ނަގަރްޖުނާ، ތަމަޅަ ވެޓެރަން ތަޅި ސަތިޔަރާޖް، އަދި އުޕެންދަރު ހިމެނެއެވެ. އަދި ފިލްމުގެ ލީޑު އެކްޓްރެސްގެ ރޯލުން ފެންނާނީ ޝްފޫތީ ހަސަން އެވެ.

ފިލްމެއްގައި ހިމެނެން ޖެހޭ ހުރިހާ ރަހަތަކެއް (ޑްރާމާ، ސްޓާރ ޕަވާ، އެކްޝަން، މިއުޒިކް) ހިމަނައިގެން އުފައްދާ މި ފިލްމަކީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ ފިލްމެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 14 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން