ބަންޑާރަނައިބުގެ އޮފީހުން މި ހަފްތާގައި ކުރި މަސައްކަތްތަކުގެ އަދާހަމަ ހާމަކޮށްފިއެވެ.
އެ އޮފީހުން އެކްސްގައި މިއަދު ބުނެފައިވަނި މި ނިމޭ ހަފްތާގައި އެ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ އެންމެ 3 މައްސަލަ ކަމަށެވެ. ނަމަވެސް ޖުމުލަ 28 މައްސަލައެއްގައި ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި އެ އޮފީހުން ބައިވެރިވެފައިިވާނޭކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ޖުމުލަ 25 ފަރާތަކަށް ވަނީ ގާނޫނީ ލަފާ ފޯރުކޮށްދީފައެވެ.
އަދި އެ އޮފީހުން ކުރިއަށް ގެންދާ ލީގަލް އެއިޑު ހިދުމަތް 10 ފަރާތަކަށް ފޯރުކޮށްދީފައިވާނޭކަމަށް އެ އޮފީހުން ބުނެއެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މައުލޫމާތުތައް ހާމަކޮށްފައިވާއިރު، އެ އޮފީހުގެ މަސައްކަތްތައް ލަސްކަމާއި މަދުކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކިފަހަރުމަތިން ދަނީ ފާހަގަ ކުރަމުންނެވެ. ހާއްސަ ގޮތެއްގައި މަޖިލީހަށް ހުށަހަޅާންޖެހޭ ބިލްތައް ގަވައިދުން ނުފޮނުވާކަން މަޖިލީހުގެ މެންބަރުން ދަނީ ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު