ބޮލީވުޑްގެ ސުޕަސްޓަރ ތަރި ޝާހުރުކް ޚާން ބޮލީވުޑަށް ތައާރަފްވި ފިލްމު "ދީވާނާ" ގެ ސީކުއެލް އެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
"ދީވާނާ" ނެރެފައިވަނީ 1992 ގައެވެ. މި ފިލްމުގެ ލީޑުން ޝާހުރުކް އާއެކު ރިޝީ ކަޕޫރުއާއި ދިވްޔާ ބާރްތީވެސް ފެނިފައިވެއެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ރާޖް ކަންވަރު އެވެ.
މި ފިލްމު ނެރުނުތާ 30 އަހަރަށްވުރެ ގިނަ ވީފަހުން، ވެޓެރަން ފިލްމު އުފެއްދުންތެރިޔާ ގުއްޑޫ ދަނޯ މިވަނީ "ދީވާނާ" ގެ ސީކުއެލް އެއް އުފައްދަން އުޅޭކަން ކަށަވަރު ކޮށްދީފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ގުއްޑޫ ބުނީ މިހާރު މި ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ފިލްމުގެ އަމަލީ މަސައްކަތް ފަށަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދީވާނާ ގައި ޝާހުރުކް ފެނިފައިވަނީ ދެވަނަ ލީޑުންނެވެ. މި ފިލްމުގައި އޭނާ ދެއްކި ހުނަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، އެތައް ބައެއްްގެ މެދުގައި އޭނާ މަގުބޫލުވެސް ވިއެވެ. މި ފިލްމަށް ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފައެވެ. އަދި މި ފިލްމުގައި ކުޅުނު ރޯލިގެ ސަބަބުން ޝާހުރުކްއަށް "ބެސްޓް މޭލް ޑެބިއުޓް" ގެ އެވޯޑުވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު