"ބޫލް ޗަކް މާފް" ގެ ޕޯސްޓަރު
"ބޫލް ޗަކް މާފް" ގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "ބޫލް ޗަކު މާފް" ތިއޭޓަރުގައި އެޅުވުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމު (އޯޓީޓީ) އަށް ނެރެން ނިންމުމުން އެގްޒިބިޓަރުން ނުރުހުން ފާޅު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމު ތިއޭޓަރުގައި އެޅުވުން ކެންސަލް ކޮށްފައިވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ސަބަބުންނެވެ.

އެހެންނަމަވެސް، މިކަން މިހެން ނިންމުމުން ތިއޭޓަރުތަކުގެ އެގްޒިބިޓަރުން އެކަމާ ވަރަށް ނުރުހުން ފާޅުކޮށްފައިވާ ކަމަށް ބޮލީވުޑް ހާންގާމާއިން ވަނީ ރިޕޯޓު ކޮށްފަައެވެ.

ފިލްމު ނެރެން ވަރަށް ކައިރިވެފައިވަނިކޮށް، ކުއްލިއަކަށް މިފަދަ ބަދަލެއް ގެނައުމުން ތިއޭޓަރުތަކަށް ގެއްލުން ވާނެ ކަމަށް އެފަރާތްތަކުން ދެކޭކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މިކަން މިހެން ކޮށްފައިވަނީ "އެމެޒަން" އާއެކު ޑީލެއް ހެދުމަށް ފަހު ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާތަކާ ވާހަކަ ދައްކަމުން ޓްރޭޑު އެނެލިސްޓުން ބުނެފައިވަނީ ފިލްމުގެ އުފެއްދުންތެރިން މިފަދަ ނިންމުމެއް ނިންމާނީ އެކި ފަރާތްތަކުގެ ލަފާއާއެކުގައި ކަމަށެވެ. އަދި މިއީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށްވެސް ޓްރޭޑް އެކްސްޕާޓުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން