ނަވާޒުއްދީން ސިއްދީގީ
ނަވާޒުއްދީން ސިއްދީގީ
ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިންނަށް ބޮޑެތި ފިލްމުތަކުން ޖާގަ ނުލިބޭތީ ބޮލީވުޑްގެ މަޝްހޫރު ތަރި ނަވާޒުއްދީން ސިއްދީގީ ފާޑުކިޔައިފިއެވެ.

ދާދި ފަހުން ހިންދުސްތާނީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނެފައިވަނީ ފިލްމު އިންޑަސްޓްރީގައި ދެވައްތަރެއްގެ ތަރިން އުޅޭ ކަމަށެވެ. އޭގެ ތެރޭގަައި އިންޑަސްޓްރީން "ބެކިން" ދޭ ތަރިންނާއި، ބެލުންތެރިން ލޯބިވާ ތަރިން ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަވާޒުއްދީން ގެ އިންޓަަވިއުގައި ބުނީ އާންމު ގޮތެއްގައި ބޮޑެތި ފިލްމުތަކިގެ ރޯލުތައް ލިބެނީ އިންޑަސްޓްރީން ބެކިން ދޭ ތަރިންނަށް ކަމަށެވެ. އެ ތަރިންނަކީ ބެލުންތެރިން އެހާ މަގުބޫލުވާ ބަޔަކަށް ނުވިނަމަވެސް އިންޑަސްޓްރީގެ ބެކިންގެ ސަބަބުން 100 ކަރޯރުން މަތީގެ ފިލްމުތައް އެފަރާތްތަކަށް ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިންނަށް އެފަދަ ބޮޑެތި ރޯލުތައް ލިބެނީ ވަރަށް ހާލުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ މިކަމުގެ ސަބަބުން "ޓެލެންޓު" ހުރި ތަރިންނަށް ލިބެންޖެހޭ ފުރުސަތުތައް ގެއްލިގެންދާކަމަށެވެ. އަދި ފިލްމު އުފެއްދުންތެރިން މިކަމާމެދު ވިސްނައި، ބެލުންތެރިން ބޭނުންވާފަދަ ތަރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން