ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު (ވ)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު (ވ)
ވޯޓުލުން ނޫން ކަންކަން ޑިޖިޓަލައިޒް ކުރުމަށް ނިންމެވުމުން ދައްކުވައިދެނީ ރައީސްގެ އިޚްލާސްތެރިކަން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިޝާރާތް ކުރަށްވަމުން ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެފައިވަނީ، ވޯޓުލުން ފިޔަވައި އެހެނިހެން ކަންކަން ޑިޖިޓަލައިޒް ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވުމަކީ ޤައުމު ތަރައްޤީ ކުރެއްވުމަށް އެޅުއްވި އިޚްލާސްތެރި ފިޔަވަޅެއް ކަމަށެވެ.

“ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ކޮރަޕްޝަން މަދުކުރެވޭނެ، ހިންގުން އަވަސް ކުރެވޭނެ، ޓްރާންސްޕޭރެންޓް ކުރެވޭނެ، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ.” ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.



ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި، އަދި އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން