އަވައްޓެރި އިންޑިޔާ އާއި ޕާކިސްތާނުން ފެށި ހަނގުރާ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ދެ ގައުމުން ވެސް "ވަގުތުން ހަނގުރާމަ ހުއްޓާލަން" އެއްބަސްވެފައިވާކަމަށެވެ. މި ހަނގުރާމަ ހުއްޓާލުމަށާއި މަޝްވަރާތައް ފެށުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނުކުރުމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.
ރޫބިއޯ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އޭނާ އާއި ނައިބު ރައީސް ޖޭޑީ ވެންސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ދެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ޗީފް އޮފް އާމީ ސްޓާފް އާސިމް މުނީރާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ކަމަށްވާ އަޖިތު ޑޯވާލް އާއި އާސިމް މަލިކް ފަދަ އިސް ވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.
އެ ޕޯސްޓުގައި ރޫބިއޯ ވަނީ ސުލްހަވެރި ހައްލެއް އިޚްތިޔާރު ކުރުމުގައި ބޮޑުވަޒީރު މޯދީ އާއި ޝަރީފް ގެ ވިސްނުމާއި ވިސްނުންތެރިކަމަށް ތައުރީފު ކުރައްވާ ކަމަށް ވިދާޅުވައެވެ.
މީގެ އިތުރުން ޕާކިސްތާނުން ވަނީ ހަނގުރާމަ ހުއްޓާލަން އިންޑިއާއާއެކު އެއްބަސްވެފައިވާ ކަންވެސް ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު