ރާއްޖޭގެ ނަން މަޝްހޫރު އިންޓީރިއާ ސާމާނު ވިއްކާ ކުންފުނި "ސްޕެކްޓްރާ" އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެއް މަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޅެމެއް އުފައްދައިގެންނެވެ. އަދި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ސޯފާއެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި 10 އަކުން ޖޫން 10 އަކަށެވެ.
ސްޕެކްޓްރާގެ އެމްޑީ ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ "ސްޕެކްޓްރާ" އިން ދޭ ހިދުމަތްތަކާ ބެހޭ ކުރު ޅެމެއް ތައްޔާރުކޮށް ހުށަހެޅުމުން ކަމަށެވެ.
އެގޮތުން މި މުއްދަތުގައި ހުށަހަޅާ ހުރިހާ ޅެމެއް އިންސާފު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ރަނގަޅު ޅެމެއް ހުށަހެޅި ފަރާތަކަށް 15،000 ރުފިޔާގެ އަގުހުރި ސޯފާއެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕެކްޓްރާ އަކީ ގޭގެ ނުވަތަ އެހެނިހެން އިމާރާތްތަކުގެ އިންޓީރިއާ ޑިޒައިން ކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓް ވިއްކާ ކުންފުންޏަކަށް ވީއިރު، މިތަނުން ގޭގެ ނުވަތަ އޮފީހެއްގެ، ނުވަތަ މިނޫނަސް އެހެން ކޮންމެ ތަނެއްގެވެސް އެތެރޭގެ ސްޕޭސް މަރާމާތުކޮށް ޑިޒައިންކުރަން ބޭނުން ކުރާ ހުރިހާ ސާމާނެއް ލިބޭނެއެވެ. އޭގެ ތެރޭގައި ފްލޯރިން، ސީލިންގ، އަދި ފާރަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނެއެވެ.
އަދި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ފަދަ ސާމާނުވެސް މިހާރު ސްޕެކްޓްރާއިން ލިބޭނެއެވެ. އޭގެ ތެރޭގައި ކޮޓަރިއަށް ބޭނުންވާ އެކި ސާމާނުތަކާއި، ސިޓިންގ ރޫމަށް ބޭނުންވާ ސާމާނުތަކާއި، ބަދިގެއަށް ބޭނުންވާ ސާމާނު ހިމެނެއެވެ.
މީގެ އިތުރުން ހޮސްޕިޓަލް އަދި އޮފީސް ފަދަ ތަންތަނަށް ބޭނުންވާ ކޮމާޝަލް ޕްރޮޑަކްޓްތައްވެސް ސްޕެކްޓްރާއިން ލިބޭނެއެވެ.
މިއީ ހަމަ އެކަނި އެއްޗެހި ވިއްކާ ކުންފުންޏެއް ނޫނެވެ. މި ކުންފުނިން ޕްރޮޑަކްޓް އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ދެއެވެ.
ސްޕެކްޓްރާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ޅެން ހެދުމަށްފަހު ސްޕެކްޓްރާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މެސެޖަކުން ފޮނުވާލުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 7935898 އަށް ގުޅާލުމުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު