މޭގަން މާކަލް އާއި ޕްރިންސް ހެރީ
މޭގަން މާކަލް އާއި ޕްރިންސް ހެރީ
އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިމީހާ އަދި ހޮލީވުޑްގެ މަޝްހޫރު ތަރި މޭގަން މާކަލް ވަކިވާން އުޅޭ ކަމަށްބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މޭގަން އާއި ހެރީގެ ގުޅުން ރަނގަޅު ނޫން ކަމަށާއި، އެ ދެމީހުން ވަރިވެ ވަކިވަކި ދިރިއުޅުން އުޅެން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް ހެރީވެސް، އަދި މޭގަން ވެސް މި ވާހަކަތަކާމެދު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް ބިޔޯންސޭގެ ކޮންސާޓަށް އެކުގައި ގޮސް، މޭގަން އާއި ހެރީ މިވަނީ މިހާރު މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ޔަގީން ކޮށްދީފައެވެ.

އެ ކޮންސާޓުގެ ފޮޓޯ ތަކާއި ވީޑިއޯތަކަށް ބަލާއިރު އެނގިގެންދަނީ މި ދެމަފިރިންގެ މެދުގައިވާ ގުޅުން ވަރަށްވެސް ބަދަހިކަމެވެ. އަދި ދެމީހުން އެކުގައި ވަރަށް އުފަލުން އުޅޭ ކަންވެސް ދޭހަވެގެން ދެއެވެ.

ކޮންސާޓުގެ ވީއައިޕީ ބޮކްސްގައި ތިބެގެން އެ ދެފިރިން މި ކޮންސާޓު ބަލަމުންދިޔައިރު، އެ ދެމެފިރިންގެ ގާތްކަން ސިފަވެގެންދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މި ކޮންސާޓަށް އެކުގައި ދިއުމުން މި ދެމަފިރިންގެ ކައިވެނީގެ ގުޅުމާމެދު އުފެދިފައިވާ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މޭގަން އާއި ހެރީ ކައިވެނި ކުރީ 2018 ގައެވެ. އަދި އެ ދެމަފިރިންނަށް ދެ ދަރިންވެސް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން