ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުުހުމަތު ކުރެވޭ މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ދައުލަތުން ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. މި ދަޢުވާތައް ކޮށްފައިވަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މި މައްސަލަތަކުގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒު މިއަދު ވަނީ މައްސަލާގައި ހެކިބަސް ދެއްވާފައެވެ.
އެގޮތުން ޖަވާޒުގެ ހެކިބަހުގައި ވިދާޅުވެފައިވަނީ، އެފްއޭއެމަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވީ ރައީސްގެ ހައިސިއްޔަތުން ބައްސާމް ކަމަށާއި، ބައްސާމްގެ ބެއްލެވުމުގެ ދަށުން އެ ޒިންމާ އަދާކުރަމުން ދިޔައީ އެކައުންޓްސް ޑިޕާޓްމަންޓުން ކަމަށެވެ.
ހަމައެއާއެކު ފީފާއިންނާއި ބޭރުގެ ފެޑެރޭޝަންތަކުން އެފްއޭއެމަށް ފައިސާ ދެނީ އެމެރިކާ ޑޮލަރުން ކަމަށާއި، ދިވެހި ސަރުކާރުން ފައިސާ ދެނީ ދިވެހި ރުފިޔާއިންކަން ޖަވާޒް ފާހަގަ ކޮށްފައިވެއެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް މާރުކުރާ ކަމަށްވެސް ޖަވާޒް މިއަދު ޝަރީޢަތުގެ މަޖިލީހުގައި ވަނީ ބުނެފައެވެ.
އޭގެއިތުރުން 2016 އިން ފެށިގެން އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިދާރީ ހަރަދުތައް ހިންގަނީ ދިވެހި ރުފިޔާއިން ކަމަށާއި، މާލީ ކަންކަމުގައި ޖަވާޒުގެ ދައުރަކީ އެކައުންޓްސް ޑިޕާޓްމަންޓުން ގެނެސްދެއްވާ ވައުޗަރުތަކާއި ޗެކުތަކުގައި ސޮއިކުރެއްވުން ކަމަށް ޖަވާޒް ވިދާޅުވިއެވެ.
ޖަވާޒުގެ ހެކިބަހަށްފަހު މިއަދުގެ އަޑުއެހުން ނިންމަވާ ލަށްވަމުން މައްސަލަ ބައްލަވާ ޤާޟީ އިސްމާއީލް ޝަފީއު ވިދާޅުވީ ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލާގައި ބައްސާމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާއަށް އިންކާރު ކޮށްފައެވެ.
މި މައްސަލައިގެ އިތުރުން، ކޮވިޑުގައި ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށް ދިނުމަށް ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނަށް ޚިޔާނާތްވި ކަމަށް ތުހުމަތުކޮށްވެސް ބައްސާމްގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައެވެ.
ބައްސާމުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން ދައުލަތުން ވަނީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައި، އަމީން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއިން އެ ފުލެޓުތައް ގަނެފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަމީން އެވެނިއު އިން ބައްސާމް ދެ ފުލެޓް ގަނެފައިވަނީ އެފްއޭއެމްގެ 3،084،000 ރުފިޔާ ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު