ނުކިޔަވާ މަސައްކަތެއް ނުކޮށް 16 ޕަސެންޓް ކުޑަކުދިން އުޅޭކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން ކުރި ސަވޭއަކުން ދައްކައިފި އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ރިޕޯޓްގައި ބުނީ ރާއްޖޭގައި އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 17651 ކުދިން މަސައްކަތްތެރިކަމުގައި ހަރަކާތްތެރިވާ ކަމަށެވެ.
އެހެން ނަމަވެސް މުޅި ރާއްޖޭގެ 16 ޕަސެންޓެއްހާ ކުދިންނަކީ ކިޔަވަން ނުގޮސް މަސައްކަތުގައި ވެސް ހަރަކާތެރިނުވާ އަދި ތަމްރީންގައި ވެސް ހަރަކާތްތެރި ނުވާ ކުދިން ކަމަށެވެ.
ސާވޭއިން ދައްކާގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ އަދަދު 99300 އަށް އަރައެވެ.
އޭގެ ތެރެއިން 60439 ކުދިންނަކީ އަތޮޅު ތެރޭގައި ކިޔަވާ ކުދިން ނެވެ. އަދި 38861 ކުދިންނަކީ މާލޭގައި ކިޔަވާ ކުދިން ނެވެ.

ކިޔުންތެރިންގެ ހިޔާލު