ޗައިނާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން
ޗައިނާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 884،802 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން މިމުއްދަތުގައި ޗައިނާއިން 100،650 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އަހަރުގެ މިހާތަނަށް ވަކިވަކި ޤައުމުތަކަށް ބަލާއިރު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ޤައުމެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 95،144 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން 91،690 ފަތުރުވެރިން، އިޓަލީވިލާތުން އިން 78،592 ފަތުރުވެރިން، އަދި ޖަރުމަނުވިލާތުން 67،978 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 8.1 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 818،341 ފަތުރުވެރިންނެވެ.

‎މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން