ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަން ކުރާ މަސައްކަތްތައް ކުށްވެރިކޮށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އެކަން ކޮމަންވެލްތާ ހިއްސާ ކުރަށްވައިފިއެވެ.
މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ރާއްޖޭގެ ޖުޑީޝަރީއަށް އޮތް ނުރައްކަލުގެ ވާހަކަތައް ހިއްސާ ކުރެއްވި ކަމަށެވެ.
އެގޮތުން، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. ހާއްސަކޮށް އެ ދެ ބޭފުޅުން އެކަމުގައި ޖަވާބުދާރީވުމަށް ފުރުސަތު ނުދީވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޝަރުއީ ދާއިރާއަށް އަމާޒުވާ ހަމަލާތަކާއި ރައްޔިތުންގެ މަޖިލީހުން ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަންކަން ހުއްޓުވޭނެގޮތްތަކަކާ ގުޅޭގޮތުންނާއި އަދި މިނިވަން މުއައްސަސާތަކާއި މީޑިއާތަކަށް ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ފޯރުވަމުންދާ ނުފޫޒުތަކުގެ ވާހަކަތައް އެ ބައްދަލުވުމުގައި ހިއްސާ ކުރައްވާފައިވާނޭކަމަށެވެ.
އޭގެ އިތުރުން މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ޒުވާނުންގެ ކިބައިގައި ހުރި ހިތްވަރުގެ ވާހަކަތައް ވެސް ކޮމަންވެލްތާ ހިއްސާ ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

It was a privilege to meet the Commonwealth Secretary-General my dear friend Shirley Ayorkor Botchwey and brief her on the troubling democratic backslide in the Maldives, including the assault on the Judiciary, the hijacking of parliamentary checks and balances, the suppression… pic.twitter.com/wMkyOn6RZp
— Abdulla Shahid (@abdulla_shahid) May 12, 2025
ޝާހިދު ވިދާޅުވީ، ޝަރުއީ ދާއިރާއަށް އަމާޒުވާ ހަމަލާތަކާއި ރައްޔިތުންގެ މަޖިލީހުން ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަންކަން ހުއްޓުވޭނެގޮތްތަކަކާ ގުޅޭގޮތުންނާއި އަދި މިނިވަން މުއައްސަސާތަކާއި މީޑިއާތަކަށް ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ފޯރުވަމުންދާ ނުފޫޒުތަކުގެ ވާހަކަތައް އެ ބައްދަލުވުމުގައި ހިއްސާ ކުރައްވާފައިވާނޭކަމަށެވެ.
އޭގެ އިތުރުން މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ޒުވާނުންގެ ކިބައިގައި ހުރި ހިތްވަރުގެ ވާހަކަތައް ވެސް ކޮމަންވެލްތާ ހިއްސާ ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު