ކުޑައިރުއްސުރެ ސްޕީޗް ތެރަޕީ ނެގި ކަމަށް ބޮލީވުޑަށް ދާދި ފަހުން ތައާރަފްވި އިބްރާހިމް އަލީ ޚާން ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިބްރާހިމް ވަނީ އޭނާ ތަހައްމަލު ކުރި ބައެއް ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނީ އުފަންވިތާ ކުޑަ ދުވަސްކޮޅެއްތެރޭ އޭނާ ވަރަށް ބޮޑަށް ރީނދޫވެ، އޭގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަރަށް އަސަރު ކުރި ކަމަށެވެ.
އަދި މިކަމުގެ ސަބަބުން އަޑު އިވުމަށާއި، ވާހަކަ ދެއްކުމުގެ ހިއްސަށް ގެއްލުންވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިކަންކަމަށް ފަރުވާ ހޯދުމަށް އެކިކަހަލަ ކޯޗުންނާއި، ސްޕީޗު ތެފަޕިސްޓުންގެ އެހީ ހޯދަން ޖެހުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ މި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށެވެ. އެހެންނަމަވެސް، މިކަމަށް ހައްލެއް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އިބްރާހިމް ބޮލީވުޑަށް ތައާރަފްވީ މިއަހަރު ނެރުނު ފިލްމު "ނާދާނިޔާ" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެހެންނަަމަވެސް، އޮންލައިނުކޮށް ނެރުމާއެކު ގިނަ ބަޔަކު ވަނީ މިއަށް ތައުރީފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު