މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލަތައް މައުޟޫއީ ގޮތުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ހައިކޯޓުން އިއްޔެ ނިންމައިފިއެވެ.
އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ވަނީ ވަކިވަކިން ޓެކުމުގެ 13 ދައުވާއެއް އުފުލައިފައެވެ. މި ދަޢުވާތައް އުފުލާފައިވަނީ 23 ނޮވެންބަރު 2023 ގައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އަލްހާނުމެންގެ ފަރާތުން އެދިފައިވަނީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެ މައްސަލަތައް ކޯޓުން ބޭރުކޮށް ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ޤާޟީ އިސްމާއީލް ޝަފީއު ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އަލްހާނުގެ 3 ބެއިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ، ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާ އާއި ގާނޫނުލްއުގޫބާތުގެ ދަށުންވެސް، ކުންފުންޏަކުން ޖިނާއީ ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަށް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން އަލްހާނުމެން ފާހަގަ ކޮށްފައިވެއެވެ.
އަދި ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ކުންފުނީގެ ޑިރެކްޓަރުން ކަމަށާއި، އަލްހާނަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ ކަމަށް ހައިކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ.
މި މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށެވެ. އަދި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުރުމުން މައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކާމެދު ގޮތެއް ނިންމޭނީ މައުޟޫއީ ގޮތުން މުޅި މައްސަލަ ބެލައި ހެކި ވަޒަންކުރުމަށް ފަހު ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވެއެވެ.
މިމައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު އަބްދުއްމާނިއު ހުސައިނާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޕޮންޒީ ސްކީމް ހިންގުމުގެ މި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށެވެ.
މިމައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ.
އަދި މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވާއިރު ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ދަޢުލަތުން ކޮށްފައިވެއެވެ.
ކިންގްސް ކެޕިޓަލް އިން ހިންގި ސްކީމްގެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވަނީ އެކު ޖުމްލަ 39 ދަޢުވާއެވެ.
ޕީޖީން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައެވެ.
މި ސްކީމާއި ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
އަލްހާންގެ ކުންފުނިން ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ 2022 ވަނަ އަހަރުގެ މާޗް މަހުއެވެ.
ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހުމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު