ލޯކަލް ގަވަމަންޓް މިނިސްޓްރީގައި ތިއްބެވީ 81 ސިޔާސީ މުވައްޒަފުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ މިނިސްޓްރީގެ ބައެއް ސިޔާސީ މުވައްޒަފުން އަތޮޅުތަކުގައި ވެސް ތިއްބަވާނެ ކަމަށެވެ.
“ރަށްރަށުގައި ހުރި މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓްތަކުގައިވެސް ސިޔާސީ މުވައްޒަފުން ތިއްބަވާނެ. މާލޭގައި ވެސް ތިއްބަވާނެ. މި ވަގުތު 81 މުވައްޒަފުން.” ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު މަޖިލީހުގެ ކޮމިޓީގައި ވަޒީރު ވިދާޅުވީ ޕަބްލިކް ވާރކްސްގެ ޙިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެގޮތުން ޕަބްލިކް ވާރކްސްގެ ސައިޓެއް ނެތް ކޮންމެ އަތޮޅެއްގައި އެ ޙިދުމަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިޔާގެ އަމާޒެއް ކަމަށާއި، ދެ މޯބައިލް ޔުނިޓު ޤާއިމްކުރެއްވުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީގައި ތިއްބެވީ 81 ސިޔާސީ މުވައްޒަފުން ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ސަރުކާރުން އަޅަން ނިންމި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މީހަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެއިތުރުން ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރެއްވުމަކީ އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު