ހިޓު 3 ގެ ޕޯސްޓަރު
ހިޓު 3 ގެ ޕޯސްޓަރު
އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދިޔަ ނަމަވެސް "ހިޓު 3" ނެރުމަށް ބޭއްވި ހާއްސަ އިވެންޓު ކެންސަލް ކޮށްފައިނުވަނީ ޓެރަރިސްޓުންނަށް އެ ހިތްހަމަޖެހުން ނުދޭން ވެގެން ކަމަށް ފިލްމުގެ ލީޑު ތަރި ނާނީ ބުނެފިއެވެ.

ޕަހަލްގާމް އަށް ޓެރަރިސްޓުން ދިން ހަމަލާއަށް ފަހު އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. އަދި މިކަމާ ތަކާ ދެކޮޅަށް އިންޑިއާއިން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ސިންދޫރު" ގެ ސަބަބުން އިންޑިއާގައި ވަނީ މީހުން އެއްވެ އުޅޭ ފަދަ ބޮޑެތި އިވެންޓުތައް ވެސް ފަސްކޮށްފައެވެ.

އެހެންނަމަވެސް، "ހިޓު: ދަ ތާޑް ކޭސް، ހިޓު 3" ނެރުމަށް ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތު ވަރަށް ކާމިޔާބު ވި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި އިވެންޓުގައި ވާހަކަ ދައްކަމުން ފިލްމުގެ ލީޑުތަރި ނާނީ ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޓެރަރިސްޓު ހަމަލާއަށް ފަހު އިންޑިއާގެ ސިފައިން އެއަށް ވަރަށް ހުށިޔާރު ކަމާއެކި ރައްދު ދީފައިވާ ކަމަށެވެ. އޭނާ ބުނީ މި ރަސްމިއްޔާތު ކެންސަލްނުކުރީ ހަަމ ގަސްތުގައި ކަމަށާއި، އެކަން އެހެން ކުރީ ޓެރަރިސްޓުންނަށް ހިތްހަމަޖެހުން ނުދޭން ވެގެން ކަމަށެވެ.

މި އިވެންޓުގައި އޭނާ ވަނީ އިންޑިއާ ސިފައިންނަށް ސެލިއުޓު ކޮށްފައެވެ. އަދި އިންޑިއާ ސިފައިން ރެއާ ދުވާލު ކުރަމުންދާ މަސައްކަތަށް ޝުކުރުވެސް އަދާކޮށްފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން މިހާރު ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ. ހަނގުރާމަ ހުއްޓާލަން ނިންމި ނަމަވެސް، އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ނަން މަޝްހޫރު ތަރިން ދަނީ އިންޑިއާގެ ސިފައިންގެ މަސައްކަތަށް ތަރުހީބު ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން