"ކޯލް މީ ބޭ" ގެ ޕޯސްޓަރެއް
"ކޯލް މީ ބޭ" ގެ ޕޯސްޓަރެއް
ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕާންޑޭ ލީޑުން ފެނިގެންދާ ސީރީސް "ކޯލް މީ ބޭ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެކްޓަރު އަދި ލަވަކިޔުންތެރިޔާ ލީލާ މިޝްރާ ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި ސީރީސް އާ ގުޅޭ ގޮތުން ސުވާލު ކުރެވުމުން ލީލާ ބުނީ ކޯލް މީ ބޭގެ ދެވަނަ ސީޒަންގެ ޝޫޓިން މިއަހަރުތެރޭ ފަށާނެ ކަމަށެވެ.

ލީލާ ބުނީ މި ސީރީސްގެ ހުރިހާ ކާސްޓުންގެ މެދުގައިވެސް ވަރަށް ގާތް ރަހްމަތްތެރިކަމެއް އުފެދިފައިވާ ކަމަށާއި، އެންމެންވެސް ތިބީ ޝޫޓިން ފަށާނެ ދުވަހަކަށް ކެއްމަދުވެފައި ކަމަށެވެ.

ލީލާ ވަނީ "ކޯލް މީ ބޭ"ގެ ބައެއް ލަވަތައް ކޮމްޕޯޒުކޮށް ކިޔާފައެވެ. އޭނާ ބުނީ ސީރީސްގެ ދެވަނަ ސީޒަންގައިވެސް އޭނާގެ ލަވަތައް ފެނިގެންދާނެ ކަމަށެވެ.

ލީލާ އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެޓްފްލިކްސްއަށް ނެރުނު ސީރީސް "ދަ ރޯޔަލްސް" އިންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ސީރީސް އަށް ވަނީ ގިނަބައެއްގެ ތަރުހީބު ލިބިފައެެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން 'ކްލިފް ހޭންގަރަކުން' ނިމިފައިވާތީ ދެވަނަ ސީޒަނަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން