ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން
ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ނާއިންސާފުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމުމާ ގުޅިގެން ޑިމޮކްރެޓުން ބުނެފައިވަނީ، ފަނޑިޔާރުންނާމެދު ޢަމަލު ކޮށްފައިވާ ގޮތަކީ "ނާއިންސާފުގެ އިންތިހާ" ކަމަށެވެ.

އަދި ސަރުކާރުގެ މި އަމަލަކީ މުޅި ޖުޑިޝަރީއަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި، އަދި މިއީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް، އެއްބާރުގެ މުށުތެރެއަށްލައި ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުން ކަމަށް ޑިމޮކްރެޓުން ބުނެފައިވެއެވެ.

"ޖުޑިޝަރީގެ މިނިވަންކަމުގެ މަފްހޫމުގެ އެއްއަސާސަކީ ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމެވެ. ފަނޑިޔާރެއްގެ ކުށެއް ނެތި އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަނޑިޔާރުންނަށާއި އަދި އިންސާފަށް އެދިގެން ދާ ފަރާތްތަކަށް ވެސް އޮތުމެވެ." ޑިމޮކްރެޓުން ނެރުނު ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ޑިމޮކްރެޓުން ބުނީ، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރުމުގެ އެންމެހާ ކަމެއް ސަރުކާރުގެ ބާރާއި ނުފޫޒުން ހިންގާފައި ވަނީ ނާއިންސާފުގެ މިސާލަކަށްވާ ފަދައިން ކަމަށެވެ. އަދި ޖުޑިޝަރީގެ މިނިވަންކަން ނަގާލި މި އަމަލު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަމާލު ކަމަށް އައިސް އެ ފަރާތްތަކުން ވެސް ވަނީ އެކަން ވަަރަށް ބޮޑަށް ކުށްވެރިކޮށްފައިކަން ޑިމޮކްރެޓުން ފާހަގަކޮށްފައިވެއެވެ.



އޭގެއިތުރުން ސަރުކާރުގެ މިޢަމަލުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ޖުޑިޝަރީއާ މެދު އިތުބާރު ގެއްލި، ސަރުކާރުގެ އަގުވެއްޓި، ރާއްޖޭގެ ނަން ކިލަނބުވެ ގޮސްފައިވުމަކީ މުޅި ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވެސް ޑިމޮކްރެޓުން ނެރުނު ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުން މިއަދު ނިންމާފައިވާއިރު، އެމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން