ބޮލީވުޑްގެ ފިލްމުތައް ތުރުކީގައި ޝޫޓުކުރުން ހުއްޓާލުމަށް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ތަމްސީލު ކުރާ ފެޑެރޭޝަން އޮފް ވެސްޓަރން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފް.ޑަބްލިއު.އައި.ސީ.އީ) އިން ގޮވާލައިފިއެވެ.
ފެޑެރޭޝަނުން މިހެން ގޮވާލާފައިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި، ތުރުކީއިން ޕާކިސްތާނަށް ސަޕޯޓު ކުރާކަން ފާޅު ކޮށްފައިވާތީއެވެ. މިކަމާ ގުޅިގެން އެ ފެޑެރޭޝަނުން ބުނީ އެންމެ ފުރަތަމަ އިސްކުރަން ޖެހޭނީ ގައުމު ކަމަށެވެ.
އެހެންކަމުން ތުރުކީގައި ފިލްމުތަކުގެ ޝޫޓިން ކުރިއަށް ނުގެންދިއުމަށް އެ ފެޑެރޭޝަނުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެފް.ޑަބްލިއު.އައި.ސީ.އީ އިން ވަނީ ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑުގައި މަސައްކަތް ނުކުރެވޭނެހެން އެފަރާތްތައް ބޮލީވުޑުން ބޭން ކުރުމަށްވެސް ގޮވާލާފައެވެ.
ޕަހަލްގަމް އަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. މި ދަނޑިވަޅުގައި ބޮލީވުޑްގެ ތަރިން ދަނީ އިންޑިއާގެ ސަލާމަގީ ބާރުތަކުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު