ޔޫކޭގެ ބޮޑުވަޒީރު ކަޔާ ސްޓޭމާ
ޔޫކޭގެ ބޮޑުވަޒީރު ކަޔާ ސްޓޭމާ
ޣައްޒާއަށް ވީހާވެސް އަވަހަކަށް އެހީ ވައްދަން މަސައްކަތް ކުރަމުންދާ ކަމަށް ޔޫކޭގެ ބޮޑުވަޒީރު ކަޔާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު މެދުކަނޑާލުމަށް ފަހު އަލުން ގަތުލު އާންމު ފެށީ މިދިޔަ މާޗު މަހު އެވެ. އެއާއެކު އިސްރާއިލުން ވަނީ ކާބޯތަކެތި ޣައްޒާއަށް އެތެރެކުރުން ވެސް ހުއްޓުވައިފަ އެވެ.

އިއްޔެ އިނގިރޭސިވިލާތުގެ ޕާލަމަންޓްގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު ކަޔާ ވިދާޅުވި ޣައްޒާގެ ހާލަތު ބަރުދާސްތު ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ.

އެހެންވެ ދުނިޔޭގެ އެހެން ލީޑަރުންނާ ގުޅިގެން ޣައްޒާއަށް ވިހާވެސް އަވަހަށް އެހީ ވައްދަން މަސައްކަތް ކުރަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެހެންމެ ރަހީނުން ދޫކޮށްލައި ހަަމަލާތައް ހުއްޓާލުން މުހިންމުކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިސްރާއިލާ ފަލަސްތީނުގެ މައްސަލަ ހައްލުކުރެވޭނީ ދެ ދައުލަތް ގާއިމުކޮށްގެން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން