މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖިތު ދޯސަންޖު "ނޯ އެންޓްރީ 2" ގެ ލީޑުން ވަކިވެއްޖެއެވެ.
2005 ގައި ނެރުނު "ނޯ އެންޓްރީ" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވީއިރު، މީގެ ސީކުއެލް އެނައުންސު ކުރީއްްސުރެން ގިނަ ބަޔަކު ދަނީ ކި ފިލްމަށް އިންތިޒާރު ކުރަމުންނެވެ. މި ފިލްމުގެ ލީޑުން ދިލްޖިތުގެ އިތުރުން ވަރުން ދަވަން އާއި އަރުޖުން ކަޕޫރު ފެނިގެންދާނެ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެހެންނަމަވެސް ފިލްމްފެއާގެ ރިޕޯޓެއްގައި ބުނެފައިވަނީ މިހާރު ދިލްޖިތު މި ފިލްމުން ވަކިވެފައިވާ ކަމަށެވެ. އަދި އޭނާ ވަކިވެފައިވަނީ ފިލްމުގެ ކްރިއޭޓިވްސް އާ ގުޅޭ ގޮތުން ހިޔާލުތަފާތުވުންތައް އުފެދުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގެ އަންހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ތަމައްނާ ބާޓިއާ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
"ނޯ އެންޓްރީ 2" މިއަހަރުތެރޭ ނެރޭނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް، ކާސްޓުން ބަދަލު ކުރާނަމަ ފިލްމު ނެރުން ފަސްކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު