ޝާހުރުކް އާއި ރާނީ
ޝާހުރުކް އާއި ރާނީ
ބޮލީވުޑްގެ ސުޕަސްޓަަރ ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގު" ގައި ރާނީ މުކަރްޖީގެ ހާއްސަ ކެމިއޯއެއް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވަނީ ކިންގުގެ ކާސްޓާ ރާނީ މުކަރްޖީ ގުޅިފައިވާ ކަމަށެވެ. އޭނާ ފެނިގެންދާނީ ޝާހުރުކްއާއެކު ކުޅޭ ހާއްސަ ރޯލަކުން ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ރާނީގެ ރޯލުން ފިލްމުގެ ޖަޒުބާތުތައް ވަރުގަދަ ކޮށްދޭނެ ކަމަށެވެ. އަދި އެ ކެމިއޯއަކީ ފިލްމަށް ވަރަށް މުހިންމު ރޯލެއް ކަމަށްވެސް ބުނެފައި ވެއެވެ.

ރާނީ އާއި ޝާހުރުކް ވަނީ މީގެ ކުރިންވެސް ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ، ކަބި އަލްވިދަނާ ކެހެނާ، އަދި ކަބީ ހުށީ ކަބީ ގަމް ފަދަ ފިލްމުތައް ހިމެނެއެެވެ.

"ކިންގު" އިއުލާން ކުރީއްސުރެން ގިނަ ބަޔަކު ދަނީ ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. މި ފިލްމުގައި ޝާހުރުކްގެ ދަރި ސުހާނާ ޚާންވެސް ފެނިގެންދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން