ގިނަ ބައެއްގެ މެދުގައު މަގުބޫލު ސީރީސް "ބްރިޖަޓަން" ގެ 4 ވަނަ ސީޒަންގެ ޓީޒަރެއް ދައްކާލައިފިއެވެ.
ބްރިޖަޓަންގެ 4 ވަނަ ސީޒަން އަކީ ބެނެޑިކްޓު ބްރިޖަޓަން އާއި ސޯފީގެ ލޯތްބަށް ބިނާކޮށް އުފައްދާ ސީޒަނެވެ. މި ސީޒަންގެ "ސްނީކް ޕީކް" މިހާރު ނެރެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެއަށް ލިބިފައެވެ.
ސްނީކް ޕީކް އިން ފެނިގެންދަނީ ބެނެޑިކްޓުއަށް ސޯފީ ފުރަތަމަ ފެންނަ މަންޒަރެވެ. އަދި އެ ވަގުތުކޮޅު ބެނެޑިކްޓުއަށް ކުރެވޭ އިހުސާސްތައް ކޮންމެވެސް ވަރަކަށް އެއިން ސިފަވެއެވެ.
ބްރިޖަޓަންގެ 4 ވަނަ ސީޒަން ނެރުމަށް ހަމަޖެހިފައިވަނީ 2026 ގެ ކުރީކޮޅު އެވެ.
ސީރީސް ނެރޭ ދުވަސް ކައިރިވަމުން އަންނައިރު، ނެޓްފްލިކްސް އިން މިހާރު ވަނީ މި ސީރީސްގެ 5 އަދި 6 ވަނަ ސީޒަންވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށް އިއުލާން ކޮށްފައެވެ. އެހެންނަމަވެސް މި ސީޒަންތަކުގެ މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު