މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަދު އައްޑޫ ސިޓީގައި ފެށި ޑީޑީ ކަޕް 2025 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ފްރެންޑްސް ކުލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މަރަދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގައި މުބާރާތް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ ފޭދޫގެ ފްރެންޑްސް ކުލަބާއި މަރަދޫގެ ސޮބާހް މެމޮރިއަލް(އެސް.އެމް.ޓީ) އެވެ.
ދެޓީމުންވެސް ބިދޭސީ ކުަޅުންތެރިންވެސް ފެނިގެންދިޔަ މިމެޗް ފަށައިގެން ފުރަތަމަ ހާފްގައި ފްރެންޑްސް ކުލަބުން ދިޔައީ މޮޅު ކުޅުމެއް ކުޅެމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ ގިނަ ވަގުތު ސޮބާހް މެމޯރިއަލް ޓީމުގެ ހާފުގައި ބޯޅަ ގެންގުޅެ، ފްރެންޑްސް ކްލަބުން އެ ހާފް ނިންމާލީ 4 – 0 ގެ ނަތީޖާއިން ބޮޑު ލީޑެއް ނަގައިގެނެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ސޮބާހް މެމޯރިއަލް ޓީމުން ވަނީ ބަދަލުކުޅުންތެރިންގެ ގޮތުގައި ވަރަށް ޒުވާން ކުޅުންތެރިންތަކެއް ނެރެ ހިތްވަރުނެރެ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ފްރެންޑްސް އިން ހޯދާފައިވާ ބޮޑު ލީޑުގެ ފަރަގު ކުޑަކުރިއެވެ. އެގޮތުން ސޮބާހް މެމޯރިއަލް ޓީމުން ޖެހި 3 ގޯލްވެސް ޖެހީ މެޗްގެ ދެވަނަ ހާފުގައެވެ.
ނަމަވެސް، ދެވަނަ ހާފްގައި އިތުރު ގޯލެއް ޖަހައި ފްރެންޑްސް އިން އަނެއްކާ ވެސް ފަރަގު ބޮޑުކުރިއެވެ.
މި މެޗްގައި ފްރެންޑްސް އިން ޖެހި ގޯލްތައް ޖަހާފައިވަނީ، ހަލީލް ގަމާލް، މުޙައްމަދު ފާސިރު، ހަސަން ޒައިދާން އަދި އަޙްމަދު ބަލްސަމްއެވެ.
ސޮބާހް މެމޯރިއަލްއިން ޖެހި ދެ ގޯލް ޖެހީ މުޙައްމަދު ސަހާއުއެވެ. އަދި އަނެއް ގޯލަކީ ފްރެންޑްސްގެ ކުޅުންތެރިއަކުއަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކުލަބުގެ ޖާޒީ ނަންބަރު 5 ޢަބްދުالله ރަޝީދެވެ.

މިއަދުގެ މެޗްގެ މުޅުކުޅުންތެރިޔާ: ފްރެންޑްސް ކުލަބުގެ (ޖޯޒީ ނަންބަރު 05) ޢަބްދު ﷲ ރަޝީދު - ފޮޓޯ: ޑީޑީކަޕް
ފާހަގަކޮށްލެވޭގޮތުގައި ފްރެންޑްސް ކްލަބު ޓީމުގެ ކެޕްޓަންބޭންޑް އަޅައިގެންހުރީ 2008 ވަނަ އަހަރުގެ ސާސްކަފް ތަށި އުފުލާލި ދިވެހި ގައުމީޓީމުގައި މުހިއްމު ކުޅުމެއް ދެއްކި އައްމަޓީއެވެ. އަމައްޓީ މިއަދުގެ މެޗުންވެސް މޮޅުކުޅުމެއް ވަނީ ދައްކާފައެވެ.
މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ، އެފްސީ ޒެފިއާ އަދި މައިލޯ ސިޓީ ސްޕޯޓްސް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު