ރަޝްމިކާ އާއި ވިޖޭ
ރަޝްމިކާ އާއި ވިޖޭ
އިންޑިއާގެ ފިލްމީ ދާއިރާގައި ވިދަމުން އަންނަ ތަރި ރަޝްމިކާ މަންދަނާއާއެކު ދުވަހަކުވެސް ކެމިސްޓްރީގެ މައްސަލައެއް ނުޖެހޭ ކަމަށް ވިޖޭ ދެވަރަކޮންޑާ ބުނެފިއެވެ.

ވިޖޭ ވަނީ މީގެ ކުރިން ރަޝްމިކާއާއެކު ބައެއް ފިލްމުތައް ކުޅެފައެވެ. އޭގެ ތެރޭގައި "ގީތާ ގޯވިންދާމް" އާއި "ޑިއާ ކޮމްރޭޑު" ފަދަ ފިލްމުތައް ހިމެނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިޖޭ ވަނީ ރަޝްމިކާއާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނީ ރަޝްމިކާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެއް ކަމަށާއި، އަބަދުވެސް އަމިއްލަ ފަސޭހަ ކަމަށްވުރެ އެހެން މީހުންނާމެދު އޭނާ ވިސްނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ރަޝްމިކާ އަކީ ވަރަށް ރީތި މީހެއް ކަމުން އޭނާއާއެކު ކެމިސްޓްރީގެ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ. އަދި ރަޝްމިކާއާއެކު އިތުރު ފިލްމުތަކެއް ކުޅެން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވޭތާވެސް އަހަރުތަކެއް ފާއިތު ވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެހެންނަމަވެސް މި ދެ ތަރިންވެސް މިކަމަކަށް އަދި ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން