ޕަރޭޝް ރަވަލް
ޕަރޭޝް ރަވަލް
މަޝްހޫރު ފިލްމު ފްރެންޗައިސެއް ކަމަށްވާ "ހީރާ ޕޭރީ" ގެ ތިން ވަނަ ބައިން ޕަރޭޝް ރަވަލް ނުފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ދާދި ފަހުން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޕަރޭޝް ވަނީ އޭނާ އެ ފިލްމުގެ ލީޑު ރޯލު ދޫކޮށްލިކަން ހާމަ ކޮށްފައެެވެ. ޕަރޭޝް އަކީ މި ފިލްމުގެ ލީޑު ތަރިންގެ ތެރެއިން އެއް ތަރިއެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު "ހީރާ ޕޭރީ" ނެރުނީ 2000 ގައެވެ. އެ ފިލްމަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. އަދި 2006 ގައި ނެރުނު "ޕިރު ހީރާ ޕޭރީ" އަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޕަރޭޝްގެ ރޯލަކީ ވަރަށް މުހިންމު އަދި ގިނަ ބަޔަކަށް ކަމުދާވެސް ރޯލެކެވެ. މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމެންޓެއް އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ އޭނާ ފެންނާނެ ކަމަށް އުންމީދުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން