އުރްފީ ކޭންސް އަށް ތައްޔާރުކުރި ހެދުން
އުރްފީ ކޭންސް އަށް ތައްޔާރުކުރި ހެދުން
ވިސާ ހަމަނުޖެހުމުގެ ސަބަބުން ކޭންސް ފިލްމު ފެސްޓިވަލަށް ނުދެވުމުން އުރުފީ އަމިއްލައަށް ރެޑް ކާޕެޓު އިވެންޓެއް ބާއްވައިފިއެވެ.

އޭނާ މި އިވެންޓު ބޭއްވީ ކޭންސް އަށްޓަކައި ތައްޔާރު ކުރި ހެދުން ދައްކާލުމަށެވެ. އުރުފީ ބުނެފައިވަނީ ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ނުވެވުނު ނަމަވެސް، އެ ހެދުން ދައްކާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި އިވެންޓުގައި އުރުފީ ލައިގެންހުރި ހެދުމަކީ ފޮޅިފައި އިން މަލެއްގެ ސިފައިގައި ވާ ހެދުމެކެވެ. ބާގަންޑީ ކުލައިގެ އެ ހެދުމަކީ ވިދާ ފޮތީގެ ހެދުމަކަށްވީއިރު، މަލުގެ ފިޔަތައް ހަދާފައިވަނީ ތްރީޑީ ކޮށެވެ.

މި ހެދުން ލައިގެންހުރެ އޭނާ ހަރަކާތް ކުރުމުން، އެ ހެދުން މަލެއްގެ ސިފައަށް ފޮޅޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އުރުފީ އަކީ އޭނާގެ ކްރިއޭޓިވް ފެޝަން ސެންސްއަށް މަޝްހޫރު ތަރިއެކެވެ. އޭނާގެ މި ފެނިލުމަށް ގިނަ ބައެއްގެ ސަމާލުން ހުއްޓުނު އިރު، އެތައް ބަޔަކު ވަނީ އޭނާގެ ކްރިއޭޓިވް ސައިޑަށް ތައުރީފް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން