ދަރްމާ ހައުސްއިން ޕްރޮޑިއުސް ކުރާ "ދޯސްތާނާ 2" ގެ ލީޑުން ވިކްރާންތު މާސޭ ފެނިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީގެ ކުރިން މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި މި ފިލްމުގެ ލީޑުން ފެނިގެންދާނީ ކާތިކު އާރިޔަން އެވެ. އެހެންނަމަވެސް، މިހާރު އެ ރޯލަށް ކާތިކުގެ ބަދަލުގައި ވިކްރަންތު ހަމަޖެއްސީ ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި މީގެ ކުރިން މި ފިލްމުގެ ލީޑު އަންހެން ތަރިއަކަށް ޖާންވީ ހަމަޖެއްސިނަމަވެސް، މި ރޯލަށްވެސް އެހެން ތަރިއެއް ހޮވަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެހެންނަމަވެސް މިގޮތަށް ބަދަލުތައް ގެންނަ ސަބަބެއް ހާމައެއް ނުކުރެއެވެ.
މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ޖެނުއަރީގައި ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު