ސިޒޭރިއަން ހެދުމަކީ ފަސޭހަ ގޮތް ކަމަށް ބުނުމުން މަޝްހޫރު ތަރި ސުނިލް ޝެޓީއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސުނިލް ވަނީ މިހާރުގެ ދުނިޔޭގައި ގިނަ ބަޔަކު ދަރިމައިވުމުގެ "ފަސޭހަ ގޮތް" ކަމަށްވާ ސިޒޭރިއަން ހަދަން ބޭނުންވާ ކަމަށް ބުނެ މި މޭރުމުން ވާހަކަ ދައްކާފައެވެ. އަދި އޭނާގެ ދަރިފުޅު އެތިޔާ އެގޮތް ނުހަދާ ވިހަން ނިންމުމުން އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ މި ކޮމެންޓުތަކުގެ ސަބަބުން އޭނާ މިހާރު ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.
ގިނަ ބަޔަކު ބުނެފައިވަނީ ސިޒޭރިއަން އަކީ ފަސޭހަ ގޮތެއް ނޫން ކަމަށާއި އެއީ ގިނަ ފަހަރު ސިއްހީ ހާލަތު ހުރުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި ސިޒޭރިއަން އަކީ ފަސޭހަ ގޮތް ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ޖާހިލުކަމެއް ކަމަށާއި، ކަމުގެ ހަގީގަތް ނޭނގޭއިރު އެފަދަ ވާހަކަ ނުދައްކާ ހުރުން މާ ރަނގަޅު ކަމަށްވެސް ބުނެފައި ވެއެވެ.
ސުނިލް ގެ ދަރިފުޅަށް ދަރިއަކު ލިބުނީ މިއަހަރު މާޗު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު