ތަމަޅަ ސިނަމާގެ މިއަހަރުގެ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ކަމަށްވާ "ތަގް ލައިފް" ގެ ޓްރެއިލާ ނެރެފިއެވެ.
ތަގް ލައިފްގެ ލީޑުން ފެނިގެންދާނީ ތަމަޅަ ސިނަމާގެ މަޝްހޫރު ތަރި ކަމަލް ހަސަން އެވެ. އަދި މި ފިލްމު ޑައިރެކްޓު ކުރާނީ މަނީ ރަތުނަމް އެވެ. މިއީ ކަމަލް އާއި މަނީ 38 އަހަރަށްފަހު، އެކުގައި ފުރަތަމަ މަސައްކަތް ކުރާ ފިލްމު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ފިލްމުގެ ޓްރެއިލާއިން ފެށިގެންދަނީ ކަމަލްގެ އަޑުން ގެނެސްދޭ ވޮއިސްއޯވާ ސީންތަކަކުންނެވެ. މި ވޮއިސް އޯވާގައި އޭނާ ވަނީ އޭނާގެ ފުރާނަ ސަލާމަތް ކޮށްދޭ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކާފައެވެ. އެކުއްޖާ ބޮޑުވެގެން ދިޔައިރު، އޭނާގެ ދިރިއުޅުމުގައި ބޮޑުކޮށް ޝާމިލުވާ މީހަކަށް ވެފައިވާކަން ޓްރެއިލާއިން އެނގިގެން ދެއެވެ.
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މި ކެރެކްޓަރުންގެ ގުޅުމުގެ މައްޗަށްކަންވެސް ޓްރެއިލާއިން ދޭހަވެއެވެ. މި ދެ ކެރެކްޓަރުގެ މެދުގައި ފުން ގުޅުމެއް އޮތްކަމުގެ އިޝާރާތެއް ޓްރެއިލާއިން ދައްކާފައިވާއިރު، އުފަލާއި ވޭނާއި ޚިޔާނާތުގެ ތެރެއިން އެމީހުން ކުރާ ދަތުރު ކޮންމެވެސް ވަރަކަށް ދައްކާލާފައިވެ އެވެ.
މިއީ ބޮޑު ކާސްޓަކާއެކު އުފައްދާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަމަލްގެ އިތުރުން ޓްރިޝާ، ސިލަމްބަރަސަމް، އައިޝްވާރިޔާ ލެކްޝްމީ، އަޝޯކް ސެލްވަން، އަބިރާމީ، ޖޯޖޫ ޖޯޖް، އަދި ނައްސަރު ހިމެެނެއެވެ. މި ފިލްމުގެ ލަވަތައް ކޮމްޕޯޒް ކޮށްފައިވަނީ އޭއާރް ރަހްމާނު އެވެ.
މި ފިލްމުގެ ސްޓްރީމިން ރައިޓުތައް ނެޓްފްލިކްސްއިން ގަނެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ތިއޭޓަރުތަކަށް ނެރޭނީ ޖޫން 5 ގައެވެ.

ކިޔުންތެރިންގެ ހިޔާލު