އެއް ޖިންސުން ގުޅުން ހިންގަން މެސެޖުކުރަމުން ދިޔަ ޓީޗަރު ޑީޕޯޓްކުރަން ނިންމައިފި އެވެ.
ބ. ގޮއިދޫގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެން ޓީޗަރު އެކި އެޕުތަކުން މެސެޖުކޮށް އެއް ޖިއްސުން ގުޅުން ހިންގަން ދައުވަތުދޭކަމުގެ ތުހުމަތުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން ވަކި އެއްޗެއް ހާމަނުކުރާތީ "ރަސް" އިން ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ޓީޗަރުގެ މައްސަލަ ފާހަގަވުމާއެކު އޭނާ ވަޒީފާގެ މަސްއޫލިއްޔަތުން އެކެހެރިކޮށްފައިވާ ކަމަށެވެ.
އަދި އެ ޓީޗަރު ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލައިގައި ޓީޗަރު މިހާތަނަށް ވެސް ހައްޔަރުނުކުރާތީ ފާޑުކިއުން އަމާޒުވެފައިވާ އިރު އޭނާ މެސެޖުކުރީ ދަރިވަރުންނަށް ކަމެއް ނުވަތަ އެހެން ބަޔަކަށް ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު