ޖަލުތަކުގައި ޤުރުއާނާ ބެހޭ ކޯސްތައް ފަށަން އެއްބަސްވުމުގައި ސޮއިކުރުން
ޖަލުތަކުގައި ޤުރުއާނާ ބެހޭ ކޯސްތައް ފަށަން އެއްބަސްވުމުގައި ސޮއިކުރުން
ޖަލުތަކުގައި ޤުރުއާނާ ބެހޭ ކޯސްތައް ފަށަން ނިންމައިފި އެވެ.

ކިންގް ސަލްމާން މިސްކިތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަރެކްޝަންސްއިން ވަނީ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒާއެކު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން އެވެ.

އެ އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ޤުރުއާނާ ބެހޭ މަރުކަޒުން ޖަލުތަކުގައި ތިބި ގައިދީންނަށް ޤުރުއާން އަދި ހިފްޒް ކުލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށް ތައިލީމީ ފެންވަރަށް ރިއާޔަތްކޮށް ކުލާސްތައް ނަގައިދޭނެ މުގައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިހާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކުލާސްތައް ހިންގުން ވެސް އެއްބަސްވުމުގައި ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ސައުދާން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް މުސްތަގުބަލުގައި ޖަލުތަކުގައި އިރާދަކުރެއްވިއްޔާ ހިންގާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން