ތިރީސް ދެ ޖަލު އޮފިސަރަކު ބޭސިކް ކަރެކްޝަނަލް ކޯސް ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެސްސީއެސް) އިން ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިން" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ވަނީ ބާއްވައިފައެވެ. އެގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށް ހަޔާ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ހަވާލުވެސްކޮށްފައެވެ.

33 ބައިވެރިންނާއެކު ފެށި މި ކޯސް ފުރިހަމަކޮށްފައިވަނީ 32 ދަރިވަރުންނެވެ. މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިން ހަދާފައިވާ ތިން އޮފިސަރުން ހިމެނެއެވެ.

މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

އަދި ގައިދީން އިސްލާޙުކޮށް، ކުރިއަށް ދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ރޯލުގެ މުޙިއްމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި “އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން” މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު