އައްޑޫސިޓީ މަރަދޫގައި ކުރިއަށްދާ ޑީޑީކަޕް 2025 ގައި ފޭދޫ ފްރެންޑްސް ކުލަބުން ހިތަދޫ ޔުނައިޓެޑް މައިލޯއާއެކު ކުޅުނު މެޗުން އިތުރު ވަގުތުގައި ކާމިޔާބު ކޮށްފިއެވެ.

މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްކޯރ ކުރާނެ ގިނަ ފުރުސަތުތަކެއް ލިބުނިީ ފްރެންޑްސް ކްލަބަށެވެ. އޭގެތެރެއިން މެޗުގެ ކުރީކޮޅު ފްރެންޑްސް ލިބުނު ފުތުސަތުގެ ތެރެއިން ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗުފެށިގެން އެންމެ 14 ވަނަ މިނިޓުގައި މުޙައްމަދު ފާސިރު (ޖޯޒީނަންބަރު 12) އެވެ.

ޔުނައިޓެޑް މައިލޯއިންވެސް ނަތީޖާ ހަމަހަމަ ކުތޭވޭތޯ ހަމަލާތަކެއް އުފެެއްދޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ފްރެންޑްސް އިންވަނީ ފުރަތަމަ ހާފް ކުޅުން ނިންމާލިއިރުވެސް ލީޑްގައި ހިފަހައްޓާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއެކުހެން ޔުނައިޓުޑް މައިލޯއިންވެސް ފެނިގެންދިޔައީ އާދަަޔާހިލާފު ތަފާތު މޮޅު ކުޅުމެކެވެ. އެޓީމުން ވަނީ ފުރުސަތުތަކެއް ހޯދައި ފްރެންޑްސް ކްލަބުގެ ގޯލަށް ނުރައްކާކޮށް މެޗުގެ 56 ވަނަ މިނިޓުގައި ގޯލެއް ކާމިޔާބު ކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ. މިގޯލް ޔުނައިޓް މައިލޯއަށް ޓީމުގެ ޖޯޒީ ނަންބަރު 11، ޒާއިން ޒަފަރު އެވެ.



ގޯލަށް ފަހު ފަހުހާފުގެ ކުޅުން އިތުރަށް ފޯރިގަދަވެ ޔުނައިޓެޑް މައިލޯއިންވެސް ވަނީ ފްރެންޑްސް އަށް ވަރުގަދަ ފައިޓެއްދީ ސްކޯރ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ފްރެންޑްސްގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ ޔުނައިޓެޑަށް ނުހަނު ދަތި އުދަގޫ ކަމެކެވެ.

ފްރެންޑްސް އިން މެޗްގެ ލީޑް ދެވަނަ ފަހަރަށް ނަގާފައިވަނީ މެޗުގެ ފުރިހަމަ ވަގުތަށްފަހު ދެވުނު 05 މިނިޓްގެ އިތުރު ވަގުތުގައެވެ. 02 ވަނަ ލަނޑު ފްރެންޑްސް ކުލަބަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯޒީނަމްބަރު 05، އަހްނާފް ރަޝީދު އެވެ.

މިއަދުގެ މެޗު ނިމިގެން ދިޔައީ ފްރްޑްސް ކުލަބު 2-1 ލަނޑުން މެޗުކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ފްރެންޑްސް ކުލަބުގެ ޖޯޒީނަންބަރު 5، އަހްނާފް ރަޝީދުއެވެ.

ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ މަރަދޫ ސަބާހްމެމޯރިއަލް ޓީމާއި ހިތަދޫ ފްރެންޑްސް ކުލަބް އާއި ހިތަދޫ މައިލޯ ސިޓީއެވެ. މި މެޗު އޮންނާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން