ގިނަ ބަޔަކަށް ކަމުދާ ރަހަމީރު ޖޫލީސް ބްރޭންޑުގެ ތަފާތު ވައްތަރުގެ ކްރޭކަރު ބިސްކޯދު ހެޔޮއަގުގައި ބީއެޗްއެމުން ވިއްކަން ފަށައިފިއެވެ.

ޖޫލީސް ބްރޭންޑުގެ ތަފާތު ވައްތަރުގެ ކްރޭކަރު ބިސްކޯދަށް ހާއްސަ މި ޕްރޮމޯޝަން ބީއެޗްއެމްގެ ސޭލްސް ސެންޓަރުގެ އިތުރުން ބީއެޗްއެމްގެ އެހެނިހެން ފިހާރަ ތަކުންވެސް ކުރިއަށް ގެންދާނެއެވެ. މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޖޫލީސް ބްރޭންޑުގެ ތަފާތު ވައްތަރުގެ ކްރޭކަރު ބިސްކޯދު 10 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް ބީއެޗްއެމުން ހާމަކޮށްފައިވެއެވެ.



ޖޫލީސް ބިސްކޯދަކީ ވަރަށްވެސް ކޮލިޓީ ރަނގަޅު ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް ރަހަމީރު ބިސްކޯދެކެވެ. މި ބިސްކޯދު ތައްޔާރު ކުރުމަށް ބޭނުންކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި ފަރުވާތެރިކަމާއެކު ހޮވާލެވިފައިވާ ގޮވާމު ފުށާއި، ތަރުކާރީ ތެލާއި، ކޯން ސްޓާޗް އަދި ބަޓަރު ހިމެނެއެވެ. މި ބިސްކޯދު ފުރިހަމަ ވެގެންދަނީ މި ހުރިހާ ބާވަތެއްގެ ރަހަވެސް ރަނގަޅަށް ބެލެންސް ވާ ގޮތަށް އުފައްދާފައި ވާތީއެވެ.

ޖޫލީސް ބްރޭންޑުގެ ތަފާތު ވައްތަރުގެ ކްރޭކަރު ބިސްކޯދަކީ، ދިވެހިންގެ ތެރޭގައި އެކި އުމުރުފުރާގެ މީހުން ބަލައިގަންނަ ރަހަމީރު ބިސްކޯދެކެވެ. މިއީ ކޮންމެ ވަގުތެއްގައިވެސް، ސައި ނުވަތަ ކޮފީ އާއެކުވެސް އިންސާފުކޮށްލަން މީރު ބިސްކޯދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން