ޔޭޔޭ ޕްރޮމޯޝަން-
ޔޭޔޭ ޕްރޮމޯޝަން-
ބީއެޗްއެމް ޓްރޭޑާސް އިން އަގުހުރި އިނާމްތްކާއެކު ކުރިއަށް ގެންދާ "ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަން" ނިމެން ވަރަށް ކައިރިވެއްޖެއެވެ.



ޖުލައި 1 ގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މި ސެޕްޓެމްބަރު މަސް ނިމެންދެންނެވެ.



މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް އަކަށް ކަނޑައަޅާފައިވަނީ އީ-ޓްރަކް އެވެ. މި އިނާމް ނަސީބުވެރި ތިން ފަރާތަކަށް ދޭން ވަނީ ނިންމާފައެވެ.



ގްރޭންޑް ޕްރައިޒްގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުނަގައިގެން ހޮވޭ ނަސީބުވެރި ފަރާތްތަކަށްވެސް ތަފާތު އެކިކަހަލަ އަގުހުރި އިނާމްތައް މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެއާ ފްރަޔާ، އިލެކްޓްރިކް ކެޓަލް، މިކްސަރު، އަދި ރޯޓީ މޭކަރު ހިމެނެއެވެ.



ހަމަ މިއާއެކު މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކުވެސް ނަސީބުވެރި ދެ ފަރާތް ހޮވައި އެއިން ކޮންމެ ފަރާތަކަށް ބީއެމްއެލް ގިފްޓް ކާޑެއްވެސް ލިބެއެވެ.



މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭގެ އޮރިޖިނަލް، ޔޭޔޭގެ ސީރިއަލް އަދި ޔޭޔޭގެ ލެސް ޝުގާ ކޮފީ ބޮޑު ޕެކެޓެއް ގަނެގެންނެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ސްޓިކާ ސްކްރެޗް ކޮށްލުމަށްފަހު ސްކޭންކޮށް ފޯނު ނަމްބަރު ޖަހައިގެންނެވެ.



ބީއެޗްއެމް އިން ބުނީ މި ޕްރޮމޯޝަންގެ ގްރޭންޑް ޕަރައިޒް ކަމަށްވާ އީ-ޓްރަކުގެ ނަސީބުވެރި ތިން ފްރާތް ހޮވުން އޮންނާނީ އަންނަ މަހު ކަމަށެވެ.



ޕްރޮމޯޝަން ނިމެން ކުޑަތަން ވެފައިވާއިރު، މި ފުރުސަތުގެ ބޭނުން އަވަހަށް ހިފައި ކޮންމެވެސް އެއް އިނާމެއްގެ ނަސީބުވެރިޔަކަށް ވެވޭތޯ މަސައްކަތް ކުރަން މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް