އެމްއެސްޓީ އާއި މައިލޯސިޓީ ބައްދަލުކުރި މެޗުގެތެރެއިން - ފޮޓޯ: ޑީޑީކަޕް
އެމްއެސްޓީ އާއި މައިލޯސިޓީ ބައްދަލުކުރި މެޗުގެތެރެއިން - ފޮޓޯ: ޑީޑީކަޕް
އައްޑޫސިޓީ މަރަދޫގައި ކުރިއަށްދާ ޑީޑީކަޕް 2025 ގައި ޞަބާހް މެމޯރިއަލް ޓީމް(އެސްއެމްޓީ) އާއި މައިލޯސިޓީ މިއަދު ކުޅުނު މެޗު 2-1 މައިލޯސިޓީ މެޗް ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފެނިގެންދާ މައިލޯސިޓީ އިން ފުރަތަމަ ލަނޑުޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު އެސްއެމްޓީ އަށް މެޗުތެރެއަށްވެސް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށެވެ. އެގޮތުން، މެޗުފެށިގެން 13 ވަނަ މިނިޓުގައި މައިލޯސިޓީއިން ފުރަތަމަ ގޯލްޖަހާފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 30، މުޙައްމަދު ނަޝީދެވެ.

އެ ގޯލަށްފަހު ދެން ފެނިގެންފިޔައީ ޞަބާހް މެމޯރިއަލް ޓީމުން ކުޅުމުގެ ތެރެއަށް ވަދެ ވަރަށް ރަނގަޅަށް އެޓޭކިން ގޭމެއް ކުޅެމުންދިޔަތަނެވެ. އެގޮތުން އެޓީމުންދިޔައީ މައިލޯސިޓީގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެގޮތުން އެސްއެމްޓީމުން ގޯލްޖަހާ އެއްވަރުކުރީ މެޗުގެ ފުރަތަމަހާފުގެ 45 މިނިޓުގައެވެ. އެސްއެމްޓީމުން އެލަނޑު ޖަހާފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރުެ 17، ހުސެއިން ޝާމިން އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ކުޅުމަށް ބަލާއިރު، ދެވަނަ ހާފުފެށިގެން ކުޑައިރުކޮޅެއްގެތެރޭ މައިލޯސިޓީން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ 2 - 1 ބަދަލުކޮށްފައެވެ. މެޗުގެ 48 ވަނަ މިނިޓުގައި މިލަނޑު މައިލޯސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖޯޒީ ނަންބަރު 30، މުޙައްމަދު ނަޝީދުއެވެ.

މައިލޯސިޓީ ދެވަނަ ލަނޑުޖެހުމާއެކު އެމްއެސްޓީމުންވަނީ ބަދަލުތަކެއް ގެނެސް ޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން ވަރުގަދަ މައިލޯސިޓީ އަށްވުރެ ބޮޑަށް ދެވަނަހާފުގެ ކޮންޓްރޯލްނަގައިގެން އެސްއެމްޓީމުންވަނީ މައިލޯސިޓީ ހާފުތެރޭ ގިނަވަގުތު ބޯޅަ ހިފަހައްޓާފައެވެ. ޒުވާން ހަލުވި ގިނަ ކުޅުންތެރިން ހުއްޓުވަން މައިލޯ ސިޓީގެ ފަރާތުން ގިނަ ފައުލްތަކެއްވަނީ ފެނިގެން ގޮސްފައެވެ.

މެޗު ނިމިގެންދިޔައީ 2-1 ނަތީޖާއެކު މައިލޯސިޓީ މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗު މޮަޅުކުޅުންތެރިއަކީ މައިލޯސިޓީއަށް 02 ލަނޑު ކާމިޔާބުކޮށްދިން މުޙައްމަދު ނަޝީދެވެ.

މެޗާއި ބެހޭގޮތުން އެސްއެމްޓީމުގެ މެނޭޖަރ ބުނިގޮތުގައި ޓީމުގެ ކުޅުމާއިދޭތެރޭ ވަރަށް ބޮޑަށްވެސް ހިތްހަމަޖެހޭ ކަމަށެވެ. ގިނަފުރުޞަތުތަކެއް ތަނަވެސް ކުރެވި ސްކޯރ ނުކުރެވުނީ ތަޖުރިބާ މަދުވުމުގެ ސަބަބުންކަމަށެވެ.



މައިލޯސިޓީ ޓީމުގައި ގައުމީފެންވަރުގައި މިހާރުވެސް ކުޅެމުންއަންނަ ކުޅުންތެރިން ތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އެޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ތަޖުރިބާ ގިނަ ކުޅުންތެރިންނެވެ.

ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ ހިތަދޫގެ ދެޓީމު ކަމުގައިވާ އެފްސީ ޒެފެއަރ އާއި ޔުނައިޓެޑް މައިލޯއެވެ. މި މެޗު އޮންނާނީ 23 މެއި 2025 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން