ޚުށީ އާއި ސްރީދޭވީ
ޚުށީ އާއި ސްރީދޭވީ
ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީގެ ހެދުން ލުމުން އަދިވެސް ގާތުގަ ހުންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރު ބުނެފިއެވެ.

ސްރީދޭވީ އަކީ ބޮލީވުޑްގެ ވަރަށް މަގުބޫލު ތަރިއަކަށް ވީއިރު، އޭނާއަކީ "ފެޝަނިސްޓާ" އެއްގެ ގޮތުގައި މީހުންގެ މެދުގައި މަގުބޫލުވެފައިވާ ތަރިއެކެވެ. އޭނާގެ ސްޓައިލަށް އަބަދުވެސް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

ދާދި ފަހުން ހިންދުސްތާނީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޚުށީ ބުނީ ބޮލީވުޑްގެ މުހިންމު އިވެންޓުތަކުގައި އޭނާ ލައިގެން ހުންނަނީ ސްރީދޭވީގެ ހެދުން ކަމަށެވެ. އޭނާ ބުނީ އެގޮތަށް މަންމަގެ ހެދުން ލަނީ "ޓްރިބިއުޓެއް" ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޚުށީ ބުނީ އެގޮތަށް ސްރީދޭވީ ހެދުން އަޅައިގެން ހުރުމުން އޭނާ މިއަދު ދުނިޔޭގައި ނެތްނަމަވެސް ގާތްކަން އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެ އެއްޗެހި ލައިގެން ހުރުމުން އަމިއްލަ ސަގާފަތު ހަނދާން ކުރެވި، ފެޝަނަކީ ހަމައެކަނި ޓްރެންޑުތައް ފަހަތުން ދުވުން ނޫން ކަންވެސް ދަސްވާ ކަމަށް ޚުށީ ވަނީ ބުނެފައެވެ.

ޚުށީ ބޮލީވުޑަށް ތައާރަފްވީ "ލަވްޕާޔާ" އިންނެވެ. އެ ފިލްމުގެ ޕްރިމިއާ އިވެންޓަށްވެސް ޚުށީ ދިޔައީ ސްރީދޭވީގެ ސާރީއެއް ލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން