މައިލޯސިޓީއާއި ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗުގެތެރެއިން - ފޮޓޯ: ރަސްއޮންލައިން
މައިލޯސިޓީއާއި ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗުގެތެރެއިން - ފޮޓޯ: ރަސްއޮންލައިން
އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ފްރެންޑްސް ކްލަބާއި މައިލޯސި ކުޅުނު މެޗު 1-3 މައިލޯސިޓީ މެޗް ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ ދެ ޓީމް ކަމުގައިވާ މައިލޯސިޓީ އާއި ފްރެންޑްސް ބައްދަލުކުރި މިމެޗުގެ ފުރަތަމަ ހާފަށް ބަލާއިރު ދެޓީމުންވެސް ކުޅެމުންއައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ޑިފެންސްލައިން ވަރުގަދަ ވުމުގެ ސަބަބުން ޑިފެންސް ފޫއަޅުވާލައިގެން ގޯލެއް ޖަހަށް ލިބުނު މަދު ފުރުސަތުގެ ބޭނުންވެސް ހިފޭގޮތެއް ނުވިއެވެ. އެހެންކަމުން ދެޓީމުންވެސް ހާފު ނިންމާލަން ޖެހުނީ ލަނޑެން ކާމިޔާބު ނުކުރެވިއެވެ.

ނަމަވެސް ފުރަތަމަހާފުވެސް ވެގެންދިޔައީ ސަޕޯޓަރުން ބަލާހިތްވާފަދަ ފޯރިގަދަ ސްޕީޑް އަވަސް ކުޅުމެއް ފެނިގެންދިޔަ ހާފަކަށެވެ. މައިގަނޑު އެއްސަބަކަށްވެފައިވަނީ

ރާއްޖޭގައި މިހާތަށް އުފެދު އެންމެ މޮޅު ފުޓުބޯޅަ ތަރި އަލީއަޝްފާގު މައިލޯސިޓީޓީމުގެ ބެންޗުގައި ހުރުމުން އޭނާ ކުޅެން އަރާނެ ވަގުތެއްގެ އިންތިޒާރުގައި ތިބުމުންނެވެ.

ދެވަނަ ހާފުފެށިގެން މައިލޯސިޓީ ވަރަށް ބޮޑަށް އެޓޭކިންގ ވަރަށްގަދަކޮށް ފެނިގެންގޮސްފައިވާއިރު އެޓީމުންވަނީ މެޗުގެ 61 މިނިޓުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭގެ މާގިނައިރުތަކެއް ނުވަނީސް މެޗުގެ 71 ވަނަ މިނިޓުގައި މައިލޯސިޓީ އިންވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މިދެލަނޑުވެސް ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީނަންބަރު 14، މުޙައްމަދު ނާޝިދެވެ.

ކުޅިބަލަން ތިބި ގިނަބަޔަކު އިންތިޒާރުކުރަމުން އައި ޢަލީ އަޝްފާގު ކުޅެންއެރީ މެޗުގެ 81 މިނިޓުގައެވެ.

ކައިކައިރީ ދެ ލަނޑުބައިކޮޅަށް ވަން ކަމުގައިވިޔަސް ފްރެނޑްސްކުލަބުންވެސް ދިޔައީ ހިއްވަރު އާކޮށް އިތުރަށް ކުޅުން ވަރުގަދަކޮށް އެޓޭކިންވަރުގަދަ ކޮށްފައެވެ. އެގޮތުން 89 ވަނަ މިނިޓުގައި ފްރެންޑްސް ކުލަބުންވަނީ ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އޭގެފަހުންވެސް ނަތީޖާ އެއްވަރުކުރަން ފްރެންޑްސް ކުލަބުގެ ފޯވަރޑްލައިނުން ދިޔައީ މައިލޯސިޓީއަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ކުޅަދާނަ ފުޓުބޯޅަތަރި ބޯޅެއް ނުލިބި ހުރެ ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ނުހަނު ފަސޭހަކަމާއެކު އެވެ. އެބޯޅަ ގޯލަށްވަދެފައިވަނީ ފްރެންޑްސްޓީމު ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ. އެހެންކަމުން މެޗުގެ އިތުރު ވަގުތުގައި މަލޯސިޓީއިން ދަގަނޑޭ ކާމިޔާބު ކުރި އެޓީމުގެ 3 ވަނަ ގޯލު ބެލިފައިވަނީ ފްރެންޑްސް ޓީމުން ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގައެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި 3-1 މައިލޯސިޓީ މެޗު ކާމިޔާބު ކޮށްފައިވާއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެޓީމަށް ދެގޯލް ކާމިޔާބު ކޮށްދިން އެޓީމުގެ ޖޯޒީ ނަންބަރު 14، މުޙައްމަދު ނާޝިދެވެ.

ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ މަރަދޫގެ ސަބާޙް މެމޯރިއަލް ޓީމް(އެސްއެމްޓީ) އާއި ޔުނައިޓެޑް މައިލޯއެވެ. މި މެޗު އޮންނާނީ 25 މެއި 2025 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން