ސުނިލް ޝެޓީ އާއި އަތިޔާ ޝެޓީ
ސުނިލް ޝެޓީ އާއި އަތިޔާ ޝެޓީ
ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝެޓީ ފިލްމު ކުޅުން ހުއްޓާލައިފިއެވެ.

އަތިޔާ ފިލްމު ކުޅުން ހުއްޓާފައިވާކަން މީޑިއާތަކާ ހިއްސާ ކޮށްފައިވަނީ ސުނިލް އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގެއް މިހާރު އަތިޔާގެ ކިބައިގައި ނެތް ކަމަށެވެ.

އޭނާ ބުނީ އަތިޔާ އަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތުވެސް ލިބޭ ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތުތައް އަތިޔާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަތިޔާ މި ދާއިރާއާ ދުރަށް ދާން ބޭނުންވާނަމަ އޭނާއަށް އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ސުނިލް ވަނީ ބުނެފައެވެ.

އަތިޔާ ފިލްމީ ދާއިރާއާ ދުރުވާން ނިންމިއިރު، އޭނާވަނީ މިހާތަނަށް 3 ފިލްމު ކުޅެފައެވެ. އޭގެ ތެރޭގައި "ހީރޯ"، "މުބާރަކާން" އަދި "މޯޓީޗޫރް ޗަކްނަޗޫރު" ހިމެނެއެވެ.

އޭނާއަށް މިއަހަރު މާރިޗު މަހު ވަނީ އަންހެން ދަރިއެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން