ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަންގެ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ނެރޭ ދުވަސް އާންމު ކޮށްފިއެވެ.
އިންސްޓަގްރާމުގައި މި ފިލްމު ނެރޭ ދުވަސް ހިއްސާ ކުރަމުން ފިލްމުގެ ޓީމުން ބުނީ ފިލްމު ނެރޭނީ އަންނަ އަހަރު އެޕްރިލް މަހު 10 ގައި ކަމަށެވެ.
މި ފިލްމަކީ ވަރުންގެ ބައްޕަ، އަދި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ޑައިރެކްޓުޖުރާ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ވަރުން އާއެކު މުރުނާލް ތާކުރު، ޕޫޖާ ހެގްޑޭ އަދި މައުނީ ރޯއީ ފެނިގެން ދާނެއެވެ.
މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރު ހިއްސާކުރުމާއެކު އެތައް ބަޔަކު ވަނީ ޕޯސްޓުގެ ކޮމެންޓު ސެކްޝަން ފުރާލާފައެެވެ. އަދި 2026 އަކީ ވަރުންގެ އަހަރު ކަމަށްވެސް އެތައް ބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު