ދަރިފުޅާ ވާހަކަ ދައްކައި ވިސްނައިދިނުން
ދަރިފުޅާ ވާހަކަ ދައްކައި ވިސްނައިދިނުން
އެކި ކުދިންނަކީ ތަފާތު އެކި މިޒާޖުގެ ކުދިންނެވެ. ބައެއް ކުދިންނަކީ މައިންބަފައިންގެ ބަސް ވަރަށް ކަނުލާ އަޑުއަހާ، އެމީހުން ބުނާ ހުރިހާ ގޮތަކަށް އަމަލު ކުރާ ކުދިންނެވެ. އެހެންނަމަވެސް، ބައެއް ކުދިންނަކީ އެކުދިން ބޭނުން ކަމެއް ނުވެއްޖެނަމަ، ރުޅި އައިސް އެކަމެއް ކޮންމެ ގޮތެއް ހަދާފައިވެސް ކުރުވަން ބޭނުންވާ ކުދިންނެވެ.

މިފަހަރު މި ހިމަނާލަނީ ދަރިފުޅު ގޮތް ދޫނުކުރާނަމަ ކުރަންވީ ބައެއް ކަންކަމެވެ.

ވިސްނައިދޭން މަސައްކަތް ކުރުން

އެންމެ ކުޑައިރުއްސުރެވެސް ދަރިންނަށް ބޭނުން ހުރިހާ ކަމެއް އެ ބޭނުންވާ ގޮތަކަށް އަބަދު ނުވާނެކަން ވިސްނައި ދިނުމަކީ މުހިންމު ކަމެކެވެ. ހަމަ އެފަދައިން، ދަރިން ކައިރީ ކަމެއްގައި ކިޔާއިރު އެކަމެއް ކުރަން ޖެހޭ ސަބަބުވެސް ރަނގަަޅަށް އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެކެވެ. މަޖުބޫރު ކުރުވުމުގެ ބަދަލުގައި ދަރިފުޅަށް ވިސްނައިދިނުމުން އެކުދިންގެ އުޅުމަށް ބަދަލު އަންނާނެއެވެ.

ރޫޓީން އެއް ކަނޑައެޅުން

ރޫޓީން އެއް ކަނޑައެޅުމަކީވެސް ދަރިންގެ އުޅުމަށް ރަނގަޅު ބަދަލެއް ގެނެސްދޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކޮންމެ ކަމެއް ކުރުމަށް ވަކި ވަގުތެއް ކަނޑައަޅަން ޖެހެއެވެ. މިގޮތަށް ރޫޓީން އަކަށް ދަރިފުޅު ހޭނުމުން އެކުދިންގެ "ޓޭންޓްރަމް" ތައް މަދުވެ، ބުނާ ބަސް އަހާނެއެވެ.

ދަރިފުޅުގެ ވާހަކަތައް އަޑުއެހުން

ދަރިފުޅުގެ ވާހަކަތައް އަޑުއެހުމަކީވެސް އެކުދިންގެ އުޅުން ރަނގަޅު ކޮށްދޭ ކަމެކެވެ. އާންމު ގޮތެއްގައި ދަރިން ގޮތް ދޫނުކޮށް، ރުޅި އިސްކުރަނީ މައިންބަފައިންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. އެކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އެކުދިންނަށް ސަމާލުކަން ދިނުމުން ކިތައްމެ ސަކަރާތް މޫޑެއްގައި ހުރި ނަމަވެސް، އެކުދިންގެ މޫޑު ރަނގަޅުވެއެވެ. އަދި މިޒާޖަށް ބަދަލު އާދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން