އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ "ޑީޑީކަޕް 2025" އިލެވެން އެސައިޑް ފުޓުބޯޅަ މުބާރާތުގައި އާދީއްތަ ދުވަހު ހަވީރު އެސްއެމްޓީ އާއި ޔުނައިޓެޑް މައިލޯ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޔުނައިޓެޑް މައިލޯއިން ކާމިޔާބު ކޮށްފިއެވެ.
މުބާރާތް ބާއްވަމުންދާ މަރަދޫ އަށް ނިސްބަތްވާ ސަބާޙް މެމޯރިއަލް ޓީމު ބޮޑުތަފާތަކުން ބަލިވިއިރު، އެޓީމު މެޗަށް ނިކުތީ ޓީމުގެ މެނޭޖަރ ސަސްޕެންޝަނުގައި ހުރުމުން މެނޭޖަރު ނެތިއެވެ. މީގެ އިތުރުން އެޓީމަށްވަނީ އަނިޔާގެ މައްސަލަތައްވެސް ކުރިމަތިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށްބަލާއިރު ޔުނައިޓެޑް މައިލޯއިންވަނީ ތަފާތު މޮޅުކުޅުމެއް ކުޅެ ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ހިފާފައެވެ. އެގޮތުން ޔުނައިޓެޑުން ފުރަތަމަ ހާފް ނިންމާލީ 3-0 ގެ ލީޑެއްގައި އޮވެގެންނެވެ. އެ ތިން ލަނޑު ޔުނައިޓެޑް މައިލޯއަށް ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 11، ޒާއިން ޒަފަރެވެ. އޭނާ 03 ލަނޑު ޖަހާފައިވަނީ މެޗުގެ 08 ވަނަ މިނިޓާއި 22ވަނަ މިނިޓް އަދި 31 މިނިޓުގައިއެވެ.
ދެވަނަ ހާފުގައި އެސްއެމްޓީއިންވަނީ ކުޅުން ރަގަނޅުކޮށް، ޔުނައިޓެޑް ކުޅުންތެރިންނަށް ކުޅުވިނުދީ އެޓީމުގެ އަތުން މެޗު ކޮންޓްރޯލް ގެއްލުވާލާފައެވެ. އަދި އެސްއެމްޓީ އިންވަނީ ޔުނައިޓެޑް ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް އުފައްދައި 75 މިނިޓުގައި ލަނޑެއްވެސް ކާމިޔާބުކޮށް ސުންކަނޑުވާފައެވެ. މިލަނޑު އެސްއެމްޓީއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 7، މުޙައްމަދު ސަހާއުއެވެ. ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ އެސްެއެމްޓީގެ މުޅި ޓީމްއެކީ މާބޮޑަށް ކުރިއަށް ޖެހުނު ވަގުތު ޔުނައިޓެޑް މައިލޯއިންވަނީ 80 ވަނަ މިނިޓުގައި އިތުރު ލަނޑެއްޖަހައި ނަތީޖާގެ ފަރަގު އަނެއްކާވެސް ބޮޑުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 30، އަހުމަދު ސުހެއިލް އެވެ.
މިމެޗުގައި ޖުމްލަ 4 ކާރޑެއް ވަނީ ފެނިގެން ގޮސްފައެވެ. އެސްއެމްޓީގެ ހަސަން ލައުހްއަށްވަނީ 2 ރީދޫ ކާރޑްދައްކައި 88 ވަނަ މިނިޓުގައި ރަތްކާރޑެއް ދައްކާފައެވެ. ދެން ރީދޫ ކާރޑެއް ދައްކާފައިވަނީ 89 ވަނަ މިނިޓުގައި ޔުނައިޓެޑް މައިލޯގެ އޮފިޝަލް ހަސަން ރަޝީދަށެވެ.
މެޗު ނިމިގެންދިޔައީ 4-1 ޔުނައިޓެޑް މައިލޯ ތަފާތު ބޮޑު ނަތީޖާއާއެކު ކުރީގައި އޮވެގެންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑްމައިލޯއަށް ތިން ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ޖޯޒީ ނަންބަރު 11 ޒާއިން ޒަފަރުއެވެ.
ޑީޑީކަޕް 2025 ގައި ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބު އާއި އެފްސީ ޒެފެއަރ އެވެ. މި މެޗު އޮންނާނީ 26 މެއި 2025 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު