މަންމައަކަށް ވުމަށް ފަހު އެއްވެސް ވަރަކަށް އެކަނިވެރިކަން އިހުސާސް ނުކުރެވޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓު ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިޔާ ވަނީ މަންމައަކަށް ވުމަށްފަހު އޭނާއަށް އައި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެެ. އެގޮތުން އޭނާ ބުނީ މަންމައަކަށް ވުމަށްފަހު ޒާތީ ދިރިއުޅުމަށްވެސް، ޕްރޮފެޝަނަލް ލައިފް އަށްވެސް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އާލިޔާ ބުނީ މަންމައަކަށް ވުމަށްފަހު އެހެންމީހުންނާ ދޭތެރޭ ވިސްނޭވަރު އިތުރުވި ކަމަށެވެ. އަދި އެހެން މީހުންގެ ޖަޒުބާތުތައްވެސް ފަސޭހައިން ދެނެގަނެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ މަންމައަކަށް ވުމަށްފަހު އެއްވެސް ވަރަކަށް އެކަނިވެރިކަން އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި ދަރިފުޅާ ދުރުގައި މަސައްކަތް ކުރިނަމަވެސް ހިތުގައި އަބަދުވެސް ވަނީ ދަރިފުޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު