މަލްވިކާ ރާޖް
މަލްވިކާ ރާޖް
ބޮލީވުޑްގެ ބްލޮކްބަސްޓަރު ފިލްމެއް ކަމަށްވާ "ކަބީ ޚުށީ ކަބީ ގަމް" ގެ ތަރި މަލްވިކާ ރާޖްއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

"ކަބީ ޚުށީ ކަބީ ގަމް" ގައި މަލްވިކާ ފެނިފައިވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކެރެކްޓަރެއް ކަމަށްވާ "ޕޫ" ގެ ކުޑައިރުގެ ރޯލުންނެވެ.

މަލްވިކާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގެ ކޮމެންޓް ސެކްޝަން ފުރާލާފައިވަނީ ތަހުނިޔާގެ މެސެޖުތަކުންނެވެ.

މަލްވިކާ އާއި ޕްރަނަވް ބައްގާ ކައިވެނިކުރީ 2023 ވަނަ އަހަރު ނޮވެމްބަރުގައެވެ. މި ދެ މީހުންނަކީ އަބަދުވެސް އެމީހުން އެކުގައި ހޭދަކުރާ ލޯބި ވަގުތުތައް އިންސްޓަގްރާމުގައި ހިއްސާ ކުރާ ދެމީހުންނެވެ. އެގޮތުން ދެމީހުން އެކުގައި ދަތުރުކުރާއިރު، ފޭނުންނާ އެކަން އަބަދުވެސް ހިއްސާ ކުރެއެވެ.

ކަބީ ޚުށީ ކަބީ ގަމް އިން މަލްވިކާ މަޝްހޫރުވި ނަމަވެސް، އޭނާ ވަނީ އެނޫނަސް އެހެން ފިލްމުތައްވެސް ކުޅެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން